Ads by PNC

ޚަބަރު

އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ވަނަ ދުވަހު ފަށަނީ

އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ވަނަ ދުވަހު ފަށަނީ

މިދިޔަ އަހަރުގެ ޤުރްއާން މުބާރާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ފެބްރުއަރީ 2026، 02:56

17 ފެބްރުއަރީ 2026، 02:56

ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާޙައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.

އެގޮތުން، މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން ޖުމްލަ 71 ބައިވެރިން ވާދަކުރާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހޯލުގައެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450