Ads by PNC

ޚަބަރު

ރައީސް ޑރ. މުޢިއްޒު މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުއްވައިދެއްވައިފި

ރައީސް ޑރ. މުޢިއްޒު މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުއްވައިދެއްވައިފި

ރައީސް ޑރ މުޢިއްޒު މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުއްވައިދެއްވުން. ފޮޓޯ:އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ފެބްރުއަރީ 2026، 09:59

18 ފެބްރުއަރީ 2026، 09:59

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގައި އަލަށް ބިނާކުރި މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މިއަދުގެ އަޞްރު ނަމާދު ވަގުތާ ދިމާކޮށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މިސްކިތުގައި އަޞްރު ނަމާދު ކުރައްވާފައެވެ.

ތިން ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް ބިނާއެކެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ދައުލަތުގެ އެކި ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަމިއްލަ ފަރާތަކާ ޙަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިއީ މާލޭގެ މިސްކިތްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމާލެވުނު މުހިންމު މަޝްރޫޢެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނިމިދިޔަ ރަމަޟާން މަހާ ދިމާކޮށްވެސް ރާއްޖޭގެ އެކި ރަށްރަށުގައި ބިނާކުރި އައު މިސްކިތްތައް ވަނީ ބޭނުންކުރަން ފަށާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މާލޭގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އައު މިސްކިތްތައް ބިނާކުރުމެވެ. އެގޮތުން ވިލިމާލޭގައި ހުންނަ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހުގެ ފަހުން ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450