ކުޅިވަރު
ވެޓެރަންސް ކަޕް: ޗެމްޕިއަން ހުޅުމާލެއިން ބޮޑު ތަފާތަކުން ހުއްރިއްޔާ ބަލިކޮށްފި
ހުޅުމާލެ ޓީމުން ގޯލެއް ކާމިޔާބުކުރުމަށްފަހު ހިތްވަރު ދެނީ / ޕޮޓޯ: ޕީއެސްއެމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ކުރިޔަށްގެންދާ ވެޓެރަންސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބުން ކުޅުނު ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
މާފަންނު ޓާރފް ދަނޑުގައި ހުއްރިއްޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މި މެޗު ހުޅުމާލެއިން ކާމިޔާބުކުރީ 5-1އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ހުޅުމާލެ ޓީމަށް ލީޑު ނެގުނީ ހާފު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް، 27 ވަނަ މިނެޓުގައި މުހައްމަދު ޒިޔާދު ކާމިޔާބުކުރި ގޯލުންނެވެ.
އެ ޓީމުން ވަނީ ދެވަނަ ހާފުގެ ފުރަތަމަ 17 މިނެޓުގެ ތެރޭގައި އިތުރު 3 ގޯލު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފައެވެ. މި ގޯލުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޒޮރީފް، ހުސެއިން ވިޝާލް އަދި އަޙުމަދު މުޢާޒްއެވެ.
މި މެޗުގައި ހުއްރިއްޔާގެ ހަމައެކަނި ގޯލު، މެޗުގެ 48ވަނަ މިނެޓުގައި ކާމިޔާބުކުރީ އަޙުމަދު ނައުޝާދެވެ.
ހުޅުމާލެއަށް އެ ޓީމުގެ ފަހު ގޯލު، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ، މުޅި މެޗުގައި އެންމެ މޮޅަށް ކުޅެ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ނާފިއު މުޙައްމަދު ޙާމިދެވެ.
މި މޮޅާއެކު ތިން ޕޮއިންޓް ހޯދައިގެން ފަސް ޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައިގަ އޮތީ ހުޅުމާލެ ވެޓެރެންސްއެވެ. މި ގުރޫޕުން އަދި މެޗެށް ނުކުޅެނީ ޕޮލިސް ކުލަބެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި ދިވެހި ސިފައިންގެ ކްލަބެވެ.