Ads by PNC

ޚަބަރު

ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ތަރާވީހެއް މިރޭ ބާއްވަނީ

ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ތަރާވީހެއް މިރޭ ބާއްވަނީ

ރައީސް ޑރ މުޙައްމަދު މުޢިއްޒު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ފެބްރުއަރީ 2026، 12:14

26 ފެބްރުއަރީ 2026، 12:14

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމުކުރާ ޚާއްސަ ތަރާވީހެއް މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމައިފިއެވެ.

 މި ތަރާވީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި މި ތަރާވީހުގެ ހަރަކާތް އޮންނާނީ މާދަމާރޭ 9:30 ގައެވެ. އެ ޕާޓީން ވަނީ ޕީއެންސީގެ މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މި ތަރާވީހުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، ޕީއެންސީން ދަނީ މާލެއާއި އަތޮޅުތަކުގައި ފުޅާދާއިރާއެއްގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ރައީސް މުޢިއްޒު ގެންދަވަނީ މާލޭގެ އެކި ދާއިރާތަކުގެ ގެތަކަށް ޒިޔާރަތްކުރައްވައި އާންމުންނާ ބައްދަލުކުރައްވަމުންނެވެ.

މި ޑޯޓުޑޯ ހަރަކާތްތަކުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެފައިވަނީ މި އިންތިޚާބުގައި އެ ޕާޓީން 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މިހާތަނަށް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ވަނީ 70 ގޮނޑި ކާމިޔާބުވެފައެވެ. މީގެ ތެރޭގައި ކައުންސިލް ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތައް ހިމެނެއެވެ. އަނެއްކޮޅުން އިދިކޮޅު އެމްޑީޕީއަށް މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 6 ގޮނޑިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450