Ads by PNC

ޚަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އުފައްދަވައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އުފައްދަވައިފި

ވަޒީރުންގެ މަޖިލިސް/ފޮޓޯ: ރައީސް އޮފީސް

01 މާރިޗު 2026، 12:19

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

މިކަމާއި ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ހީނާ ވަލީދު ވިދާޅުވީ، މިއީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި އެކުލަވާލެއްވި ކޮމިޓީއެއް ކަމަށެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
  • ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން
  • މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު
  • އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު
  • ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން
  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން
  • ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް
  • މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރަށް ވިދާޅުވީ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މި ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450