ކުޅިވަރު

ސުޒޭނުގެ ބަދަލުގައި ނިއު ރޭޑިއަންޓުގެ ކޯޗަކަށް އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު ހަމަޖައްސައިފި

ސުޒޭނުގެ ބަދަލުގައި ނިއު ރޭޑިއަންޓުގެ ކޯޗަކަށް އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު ހަމަޖައްސައިފި

ނިއު ރޭޑިއަންޓުގެ ކޯޗަކަށް ހަމަޖެއްސި ސްޕެއިންގެ ފްރެންސިސްކޯ މެނުއަލް ކައީންޒޮސް / ފޮޓޯ: ނިއު ރޭޑިއަންޓް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 މާރިޗު 2026، 02:50

01 މާރިޗު 2026، 02:50

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗެއްގެ މަޤާމުގައި ހުރި ޢަލީ ސުޒޭންގެ ބަދަލުގައި، އެ ކްލަބުގެ ކޯޗަކަށް، ކްލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަޤާމުގައި ހުރި ސްޕެއިންގެ ފްރެންސިސްކޯ މެނުއަލް ކައީންޒޮސް ހަމަޖައްސައިފިއެވެ.

ކްލަބުގެ މެނޭޖުމަންޓުން މިކަން ނިންމައި، މި ބަދަލު ގެނަސްފައިވާކަން ވަނީ އެ ކްލަބުގެ މީސްމީޑިއާގެ އެކައުންޓުތަކުން ވެސް ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ނިއު ރޭޑިއަންޓުގެ ޗެއަރމަން އަޙުމަދު މުބީން ވިދާޅުވީ، މި ސީޒަނުގައި ނިއު ރޭޑިއަންޓާ ހަވާލުވުމަށްފަހު ސުޒޭން ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗުގެ މަޤާމު ވެސް އަދާކުރެއްވި ސުޒޭނު ނިއު ރޭޑިއަންޓުގެ ކޯޗެއްގެ މަޤާމު ދޫކޮށްލެއްވީ އާއިލީ ސަބަބަކާ ހެދި ކަމަށް ވަނީ ވިދާޅުވެފައެވެ. މިހެންވުމާއެކު މިއަދުން ފެށިގެން އެ ކްލަބުގެ ކޯޗުކަމުގެ ޒިންމާއާ ހަވާލުވާނީ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ވަނީ ވިދާޅުވެފައެވެ.

ވިކްޓަރީ ސްޕޯޓްސް ކަލްބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުގެ މަޤާމުވެސް އަދާކުރި ސުޒޭނަށް ނިއު ރޭޑިއަންޓާއެކު މި ސީޒަންގައި ލިބުނީ ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނއެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުން ކެޓީ މާޒިޔާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ނިއު ރޭޑިއަންޓުގެ ކުޅުންތެރިންނަށް ސުޒޭނު އިރުޝާދުދެނީ / ފޮޓޯ: ނިއު ރޭޑިއަންޓް

ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ، ކައީންޒޮސް ނިއު ރޭޑިއަންޓުގެ ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖެސީ މިދިޔަ މަހުއެވެ.

ކައީންޒޮސް ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖެއްސުމަށްފަހު އެ ކްލަބުން ބުނީ ކައީންޒޮސްއަކީ ފުޓްބޯޅައިގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ، ހުނަރުވެރި ކޯޗެއް ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން ނިއު ރޭޑިއަންޓުން ކުރިއަށް އޮތް މުބާރާތުގައި ކާމިޔާބީގެ އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމަށް އުންމީދު ކުރާކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450