ކުޅިވަރު

ވެޓެރަންސް ކަޕް: ސެމީގެ ފަހު ޖާގަ ނިއު ރޭޑިއަންޓަށް

ވެޓެރަންސް ކަޕް: ސެމީގެ ފަހު ޖާގަ ނިއު ރޭޑިއަންޓަށް

ނިއު ރޭޑިއަންޓުގެ ގޯލު ކާމިޔާބުކުރުމަށްފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 މާރިޗު 2026، 11:40

08 މާރިޗު 2026، 11:40

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށްގެންދާ ވެޓަރަންސް ކަޕްގެ ސެމީ ފައިނަލްގެ ފަހު ޖާގަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ނިއު ރޭޑިއަންޓުން ސެމީގެ ޖާގައެއް ޔަޤީންކުރީ، މިއަދު ހަވީރު މުއިވެޔޮ ފްރެންޑްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 1-0އިން ކާމިޔާބުކޮށް، ގްރޫޕް-އޭގެ ދެވަނަ ކަށަވަރުކޮށްގެންނެވެ. 

މި މެޗުގައި ނިއު ރޭޑިއަންޓުގެ ހަމައެކަނި ގޯލު، މެޗު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އަޙުމަދު އަޝްފާންއެވެ. މިއީ މުއިވެޔޮ ފްރެންޑްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ގޯލްކީޕަރު މުޙައްމަދު އިމްރާންކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. 

މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު 4 މެޗުން ނިއު ރޭޑިއަންޓު ވަނީ 7 ޕޮއިންޓު ހޯދާފައެވެ. އަދި 6 ޕޮއިންޓު ލިބުމުން މުއިވެޔޮ ފްރެންޑްސް ވަނީ މުބާރާތުން ކަޓާފައެވެ. ބާކީ އެއް މެޗު އޮއްވައި މި ގްރޫޕްގެ އެއްވަނަ ޔަޤީންކޮށްފައި ވަނީ ވިލިމާލެ ޔުނައިޓެޑެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 9 ޕޮއިންޓު ހޯދާފައެވެ. 

ގްރޫޕް-ބީގައި ބާކީ ދެ މެޗު އޮތް ނަމަވެސް، ހުޅުމާލެ ވެޓެރަންސް ކްލަބާއި ޕޮލިސް ކްލަބުން ވަނީ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އެ ގްރޫޕްގެ އެއްވަނައަށްދާ ޓީމެއް ޔަޤީން ވާނީ ޕޮލިސް ކްލަބުގެ ފަހު މެޗު ނިމުމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450