Ads by PNC

ޚަބަރު

އިންޑިއާގެ މުމްބާއީއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

އިންޑިއާގެ މުމްބާއީއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

އެމްއެސް ސިރޭނާ--

14 މާރިޗު 2026، 04:00

އިންޑިއާގެ މުމްބާއީއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރ އަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. "އެމްއެސް ސިރޭނާ" ނަމަކަށް ކިޔާ މި ކްރޫޒް ލައިނަރ ރާއްޖެ އައީ މިއަދުގެ ވަގުތެއްގައެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކްރޫޒް ލައިނަރ މިއަދު ރާއްޖެ އައީ އިންޑިއާގެ މުމްބާއީ ބަނދަރުން ފުރައިގެންނެވެ. އެމްއެސް ސިރޭނާ އިން ދަތުރުކުރި 998 ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 609 ފަސިންޖަރުންނާއި 389 ކްރޫ މެންބަރުންނެވެ.

ކްރޫޒް ލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ 3 ސަރަޙައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށްކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއަކީ ކްރޫޒް ލައިންތަކުގެ މެދުގައި އަބަދުވެސް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ ޢަދަދެއްގެ ކްރޫޒް ލައިނަރުތައް ޒިޔާރަތްކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450