ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އިސްލާމީ ޤައުމުތަކުގެ ވެރީންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު---
ފަރުދުން
20 މާރިޗު 2026، 03:21
20 މާރިޗު 2026، 03:21
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފިޠުރު ޢީދުގެގެ ތަހުނިޔާ އިސްލާމީ ޤައުމުތަކާ، ޖަމުޢިއްޔާތަކުގެ ވެރިންނާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، އުޚުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.
އެގޮތުން ގާތްތިމާގެ މީހުންނާ، އަވައްޓެރިންނާ އެކުގައި ޢީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން ގުޅުންތައްބަދަހިވެ، އަދި އީމާންކަން ހަރުދަނާވެ، ﷲގެ ރަޙުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށް މި ދުވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައި ވެއެވެ.
އެ މަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، މި ޢީދަކީ މުސްލިމު މުޖްތަމަޢުގައި އޮންނަ އަޚްވަންތަކަމުގެ ރޫޙު، އިތުރަށް ބަދަހިވެގެންދާނެ ޢީދަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.