Ads by PNC

ޚަބަރު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން މަޖިލީހަށް ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ: ރައީސް

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން މަޖިލީހަށް ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ޒުވާނުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

29 މާރިޗު 2026، 07:12

29 މާރިޗު 2026، 07:12

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބި، އިންސާފުވެރި އިންތިޚާބަކަށް މަގުފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާނުންނާއެކު ހޮނިހިރުދުވަހުގެރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަޤާފަތަށް ބަލާއިރު ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އަބަދުވެސް ވެރިކަން ކުރާ ޕާޓީއަށް ސުޕަރ މެޖޯރިޓީ މަޖިލީހުގައި ލިބެމުން އަންނަކަމަށެވެ. 

އޭގެ އެއް ސަބަބެއް ކަމުގައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު އެ ޕާޓީއަކުން ނެރޭ ކެނޑިޑޭޓުން ސަރުކާރުގެ ވަސީލަތްތަކާއި މަސައްކަތްތައް ދައްކައިގެން ރައްޔިތުންގެ ގާތަށް ނިކުންނަ ނިކުތުމެވެ. އަދި މިކަމަށް ބާރުދޭ އަނެއްކަމަކަށް ވިދާޅުވީ، ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވުމެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރުއިރު، އަބަދުވެސް މައި ދެ ޕާޓީއަށް ވޯޓު ލިބޭ މިންވަރު ޖުމްލަ ގޮތެއްގައި ހަމަހަމަވާކަމަށާއި، އެހެންކަމުން ރިޔާސީ އިންތިޚާބާއެކު މަޖިލިސް އިންތިޚާބު ބާއްވައިފިނަމަ، ވޯޓުލާން ނިކުންނަ މީހުން އިތުރުވެ، ޕާޓީތަކުގެ ހަމަހަމަކަން މަޖިލީހުގެ ތެރެއިން ފެނުމުގެ ފުރުޞަތު ބޮޑުވާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ އިންތިޚާބުގެ ދެމެދުގައި 6 މަސް ދުވަހުގެ މުއްދަތެއް އޮންނައިރު، ރިޔާސީ އިންތިޚާބަށްފަހު ދެން އަނެއްކާ މަޖިލީސް އިންތިޚާބުގެ ކެމްޕެއިން ކުރަންޖެހޭތީ ސަރުކާރުގެ މަސައްކަތްތައް ފުރަތަމަ ދުވަހުން ފެށިގެން ބާރު ސްޕީޑުގައި ކުރިޔަށް ގެންދިއުމަށް ދަތިވާކަމަށް ވެސް ވިދާޅުވިއެވ.

ޚިޔާލު ހޯދުމުގެ ވޯޓުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފާސްވެއްޖެނަމަ، އާ ސަރުކާރުގެ ޙިއްސާއާއެކު ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތަކަށްވެސް މަގުފަހިވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ މީގެކުރީގެ އެކި ޕްލެޓްފޯމްތަކުގައި ދެއްކެވި ފާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450