Ads by PNC

ޚަބަރު

އަންނަ ހަފްތާގައި ރޭސިން ޓްރެކް އެޅުމަށް ބިން ހިއްކަން ފަށަނީ

އަންނަ ހަފްތާގައި ރޭސިން ޓްރެކް އެޅުމަށް ބިން ހިއްކަން ފަށަނީ

ރައީސް "އެސްޕްރެސޯ ވިތު ރައީސް" ހަފްލާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 މާރިޗު 2026، 03:28

29 މާރިޗު 2026، 03:28

ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ރޭސިން ޓްރެކެއް އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

 ރައީސް މިކަން ހާމަކުރެއްވީ "ސަންގުޓީވީ" އިން އިންތިޒާމުކޮށްގެން ރޭ ބޭއްވި "އެސްޕްރެސޯ ވިތު ރައީސް" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖާ ގުޅޭ ހަލިމަގުގެ ބޭރުން ބިން ހިއްކައިގެން ތަރައްގީކުރާ މި ޓްރެކަކީ ބައިނަލްއަގްވާމީ ރޭސިން މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ފަރުމާކުރެވޭ ތަނެއް ކަމަށެވެ. މި ޓްރެކް ހާއްސަކުރެވޭނީ ރޭސިން އާއި ޑްރިފްޓިންގެ ހަރަކާތްތަކަށެވެ. އެ ސަރަހައްދުގައި ބިން ހިއްކާނީ ބޭރުން ތޮއްޓެއްލައި ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، "މި މަޝްރޫއަށް މިހާރު ވަނީ ފައިސާ ހަމަޖެހިފައި. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ މަސައްކަތް ކުރިޔަށް ގެންދާނެ،" ކަމަށެވެ. މިއީ ޒުވާނުންނަށް ހާއްސަކޮށްގެން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގޭ އުފާވެރި މަޝްރޫއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިހާރު ރާއްޖޭގެ ޑްރިފްޓިން ކޮމިއުނިޓީން މިފަދަ ހަރަކާތްތައް ހިންގަނީ ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ބޮޑެތި މަގުތަކާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުގައެވެ. ނަމަވެސް އާ ޓްރެކް ހުޅުވުމާއެކު، އާންމުންނަށް އުނދަގޫނުވާނެހެން، ރައްކާތެރި މާހައުލެއްގައި މި ކުޅިވަރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450