Ads by PNC

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ނޭޕާލްގެ އައު ބޮޑުވަޒީރަށް މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ، ނޭޕާލްގެ އައު ބޮޑުވަޒީރަށް މަރުޙަބާ ދަންނަވައިފި

ނޭޕާލްގެ އައު ބޮޑުވަޒީރު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޭޕްރީލު 2026، 06:23

02 އޭޕްރީލު 2026، 06:23

ނޭޕާލްގެ އައު ބޮޑުވަޒީރުގެ މަޤާމުގެ ހުވާ ބުދަ ދުވަހުގެ މެންދުރުފަހު ކުރެއްވި އޮނަރަބަލް ބަލެންދްރަ ޝާހަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

ބޮޑުވަޒީރު ބަލެންދްރަ ޝާހް މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މަރުޙަބާގެ މެސެޖުގައި، ނޭޕާލްގެ ރައްޔިތުން އެ މަނިކުފާނާ މަތިކޮށްފައިވާ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ދެމެހެއްޓެނިވި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ނޭޕާލާ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އާ މަގުތަކެއް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ސަރަޙައްދީ ގޮތުން ދިމާވާ އެކި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ނޭޕާލަކީ ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ މައިދާނުގައި ވެސް ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450