Ads by PNC

ޚަބަރު

500މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަކީ މިނިވަންކަން ރައްކާތެރިކުރުން ފަދަ ކަމެއް: ޤާސިމް

500މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަކީ މިނިވަންކަން ރައްކާތެރިކުރުން ފަދަ ކަމެއް: ޤާސިމް

ރައީސް މުޢިއްޒު އާއި ޤާސިމް އިބްރާޙިމް ބައްދަލުކުރެއްވުން / ފައިލް ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

02 އޭޕްރީލު 2026، 11:22

02 އޭޕްރީލު 2026، 11:22

ހުލާސާ

ސުކޫކް ދައްކައި ނިންމުމާ ގުޅިގެން ޤާސިމް ވަނީ ރައީސް މުޢިއްޒަށާއި ސަރުކާރަށް މަރުޙަބާ ވިދާޅުވެފައި

ދިވެހި ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދައްކައި ނިންމުމަކީ ޤައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުން ފަދަ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ 2021 ވަނަ އަހަރު ނެރެފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ އެހެނިހެން ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެން މިއަދު ދައްކައި ޚަލާޞްކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރަށް މަރުޙަބާ ވިދާޅުވެ ޤާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ހަރުދަނާ މާލީ އުސޫލުތަކާއި، ރޭވުންތެރި އިޤުތިޞާދީ މެނޭޖްމަންޓް އަދި ޤައުމީ ވާޖިބުތައް އަދާކުރުމަށް އޮތް ސާފު ޢަޒުމް ރަމްޒުކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ.

"ދުނިޔޭގެ އިޤުތިޞާދަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ދަރަންޏެއް އަދާކުރުމަކީ އިތުބާރާއި، ވިލުންތެރިކަމާއި، ޒިންމާދާރު ލީޑަރޝިޕް ދައްކުވައިދޭ ކަމެއް،" ޤާސިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ބައިނަލްއަޤުވާމީ މާލީ މުޖުތަމަޢުގައި ރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މީގެ އިތުރުން، މި އަހަރު ދައްކަންޖެހޭ އެހެނިހެން ލޯނުތައް ވެސް ސަރުކާރުން ދައްކައި ޚަލާޞްކޮށް، މާޒީގެ ދަރަނިތަކުގެ ބުރައިން ޤައުމު ސަލާމަތްވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. އަދި މިފަދަ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ޤާސިމް ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި