Ads by Farudhun

ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ހދ. ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް ހަމަޖައްސައިފި

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ހދ. ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް ހަމަޖައްސައިފި

ދަނޑުވެރިކަން ކުރަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޭޕްރީލު 2026، 07:29

03 އޭޕްރީލު 2026، 07:29

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހދ. ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއްގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުއްދުމަށްޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިހާރު ދަނީ މި މަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން، ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދޫ އާއި ކުޅުދުށްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، އޭޕްރީލް 3 ވަނަ ދުވަހު ހަމަޖައްސާފައިވާއިރު އެ ފަރާތާއި ވަނީ ރަސްމީކޮށް މަސައްކަތް ހަވާލުކޮށްފައެވެ.

މި ޚާއްޞަ ފެރީގެ ނިޒާމު ޤާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. ހަމަ އެެހންމެ، މިއީ އެ ރަށުގެ އިޤްތިޞާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް، ދިވެހިރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ވ

ވައުދު

03/04/2026 20:26

ޥައުދެއް މމިއަދު ވާނަން . މާތެދުކަން ދައްކާލާނަން!! ޖިދާ އޭ ހެކިވެދޭށޭ!!!