Ads by Farudhun

ޚަބަރު

ރައީސް މުޢިއްޒު ވޯޓު ލައްވައިފި

ރައީސް މުޢިއްޒު ވޯޓު ލައްވައިފި

ރައީސް މުޢިއްޒު ވޯޓު ލަނީ. ފޮޓޯ:މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 11:01

04 އޭޕްރީލު 2026، 11:01

ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލެއްވީ އެމަނިކުފާނު ވޯޓު ލެެއްވުމަށް ހަމަޖެހިފައިވާ ފޮށި މާފަންނު ދެކެނު ދާއިރާގެ މީހުން ވޯޓްލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށެވެ. މިވޯޓު ފޮށި ބެހެއްޓިފައިވަނީ ތާޖުއްދީން ސުކޫލުގައިއެވެ.

ވޯޓުލެއްވުމަށް ފަހު މަރުކަޒުން ނުކުންނަވާ ރައީސް ވަނީ މީޑިއާތަކާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މުޢއިްޒުގެ ވާހަކަފުޅުގައި ވަނީ ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޤާނޫނީ ހައްޤަކަށްވާއިރު އެ ހައްޤު ކޮންމެ މީހަކުވެސް އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.

ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމުކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450