Ads by PNC

ޚަބަރު

ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ

ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ

މިދިޔަ އަހަރުގެ ޙައްޖު ދަތުރަށް ރައީސްގެ ދެކަނބަލުން ފުރާ ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޭޕްރީލު 2026، 04:44

05 އޭޕްރީލު 2026، 04:44

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ 6 އޭޕްރީލްވާ ހޯމަ ދުވަހު ފެއްޓެވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ނިމިފައެވެ.

މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ. މިކަމާ ގުޅޭ އެންމެހާ ކަންކަން ސަޢޫދީ ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށް މި ފުރާވަޑައިގަންނަވަނީ ސަޢޫދީ ރަސްގެފާނުގެ ޚާއްޞަ މެހުމާންދާރީގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450