Ads by PNC

ޚަބަރު

ކޮމަންޑޫ މޫސާ ރަމީޒް ނިޔާވުމުން އޭނާގެ އާއިލާއަށް ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ކޮމަންޑޫ މޫސާ ރަމީޒް ނިޔާވުމުން އޭނާގެ އާއިލާއަށް ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

އަލްމަރްހޫމް މޫސާ ރަމީޒް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޭޕްރީލު 2026، 06:48

05 އޭޕްރީލު 2026، 06:48

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ށ. ކޮމަންޑޫ، މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ޚާއްޞަކޮށް ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، "މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށާއި ށ.އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވަން" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް މޫސާ ރަމީޒަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ. "އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން. އާމީން." ރައީސްގެ މެސެޖުގައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450