ޚަބަރު
މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމަށް ޙަސަން ރަޝީދު އައްޔަންކުރައްވައިފި
މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމަށް ޙަސަން ރަޝީދު އައްޔަންކުރައްވައި ފަތްކޮޅު އެރުވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
15 އޭޕްރީލު 2026، 09:16
15 އޭޕްރީލު 2026، 09:16
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަޤާމަށް، އަލްފާޟިލް ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް އައު ބޭފުޅަކު މި އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޣައްސާން މައުމޫން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އަލަށް އައްޔަންކުރެއްވި މިނިސްޓަރަށް ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމްއެވެ.