Ads by Farudhun

ޚަބަރު

މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް ބަދަލުކޮށްފި

މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް  ބަދަލުކޮށްފި

ޑިފެންސް މިނިސްޓްރީ ހުންނަ އިމާރާތް---

farudhun logo

ފަރުދުން

16 އޭޕްރީލު 2026، 12:53

16 އޭޕްރީލު 2026، 12:53

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް  ބަދަލުކުރައްވައިފިއެވެ.

މިފަދަ އިދާރީ ބަދަލުތައް ގެންނެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރެކެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ނަން، މިގޮތަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ މިނިސްޓްރީއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ، "ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ" އެވެ. 

އެ މިނިސްޓްރީގެ ނަން ބަދަލުކުރެއްވިއިރު، މިދިޔަ އަންގާރަ ދުވަހު ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޣައްސާން މައުމޫން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ޣައްސާންގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް އައްޔަންކުރެއްވީ އަލްފާޟިލް ޙަސަން ރަޝީދުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450