Ads by Farudhun

ޚަބަރު

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޙުސެއިން ޝަފީޤް ޢައްޔަނުކޮށްފި

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޙުސެއިން ޝަފީޤް ޢައްޔަނުކޮށްފި

ޙުސެއިން ޝަފީޤް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 10:55

22 އޭޕްރީލު 2026، 10:55

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ) އިން އަލްފާޞިލް ޙުސެއިން ޝަފީޤް ޢައްޔަނު ކުރައްވައިފިއެވެ.

ޕީސީބީ އިން އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ، އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ބޭފުޅަކު ޢައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ، ދަފްތަރު ނަންބަރ ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤް ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ.

ޙުސެއިން ޝަފީޤް އަކީ، 1990 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން މިއަދާ ހަމައަށް ވެސް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) ގެ އުޅަނދުފަހަރުގައި ޚިދުމަތްކުރަމުންދާ ކެޕްޓަނެކެވެ. މި ދާއިރާގައި ކުރިއަށްދިއުމަށް، ތަޢުލީމު ހާސިލުކޮށްފައިވަނީ، ސްރީލަންކާގެ ކޮލޮމްބޯ އިންޓަރނޭޝަނަލް ނޯޓިކަލް އެންޑް އިންޖިނިއަރިންގ ކޮލެޖް (ސިނެކް) އިންނެވެ. މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ސަނަދުތަކެއް ޝަފީޤް ވަނީ ހާސިލު ކުރައްވާފައެވެ.

މީގެ އިތުރުން ޝަފީޤް ވަނީ، ޖަރުމަނުވިލާތުގެ އެންމެ ނަން މަޝްހޫރު ޝިޕިންގ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެއް ކަމަށްވާ އޯލްޑެންޑޯފް ކެރިއަރސް ގައި މާސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450