Ads by Farudhun

ޚަބަރު

އާޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ތަރައްޤީގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

އާޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ތަރައްޤީގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ގާލްސް އިން އައި.ސީ.ޓީ' ދުވަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2026، 07:09

23 އޭޕްރީލު 2026، 07:09

ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލް ބައްޓަންކުރުމުގައި އަންހެން ކުދިންނަކީ މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 'ގާލްސް އިން އައި.ސީ.ޓީ' ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި، މިއަހަރުގެ ޝިއާރު ކަމަށްވާ "އޭއައި ފޯ ޑިވެލޮޕްމަންޓް: ގާލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ" އަކީ ސަރުކާރުގެ ޓެކްނޮލޮޖީ އިސްކަންދޭ ދާއިރާތަކާ ގުޅުންހުރި ޝިއާރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ވެރިކަން ހިންގުމާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭ މުހިންމު ބާރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އޭއައި ތަރައްޤީކުރުމުގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަކީ ހަމައެކަނި ތަމްސީލުކުރުމުގެ މައްސަލައެއް ނޫންކަމަށާއި، އެއީ އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ޖިންސީ ތަފާތުކުރުންތައް ކުޑަކުރެވި، އައު އީޖާދުތަކަކީ އެންމެންގެ ބައިވެރިވުން އޮންނަ އެއްޗަކަށް ހެދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން" އިސްނެގުމުގެ ދަށުން، އަންހެނުންގެ ބައިވެރިވުން މަދު ރޮބޮޓިކްސް، އޭއައި އަދި ކޮމްޕިއުޓަރ ޕްރޮގްރާމިންގ ފަދަ ދާއިރާތަކުން އަންހެން ކުދިންނަށް ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ އަމާޒަކީ އަންހެން ކުދިންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށްވުމުގެ ބަދަލުގައި، ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ހެދުން ކަމަށެވެ.

މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، ޓެކްނޮލޮޖީއާއި އީޖާދީ ދާއިރާތަކުން ކުރިއަށް ދިއުމަށް އަންހެން ކުދިންނަށް ހިތްވަރު ދެއްވިއެވެ. އަދި އައި.ސީ.ޓީ ދާއިރާގެ މުސްތަޤުބަލަކީ އެންމެންގެ ހަމަހަމަ ބައިވެރިވުން އޮންނަ ދާއިރާއަކަށް ހެދުމަށް ހުރިހާ ފަރާތްތަކަކަށް އެކަމަނާ ގޮވާލެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450