Ads by Farudhun

ޚަބަރު

އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާއަކަށް ލިބިގެންވާ ހައްޤެއް ނޫން: މަޙްލޫފް

އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާއަކަށް ލިބިގެންވާ ހައްޤެއް ނޫން: މަޙްލޫފް

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޙްލޫފް---

farudhun logo

ފަރުދުން

28 އޭޕްރީލު 2026، 09:44

28 އޭޕްރީލު 2026، 09:44

އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާއަކަށް ލިބިގެންވާ ހައްޤެއް ނޫންކަމަށް، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް ވިދާޅުވީ ނޫސްވެރިކަމަކީ ރާއްޖޭގައި "ތަންމިނަށް" ހުޅުވާލާފައި އޮތްކަމެއް ކަމަށާއި، އެމީހަކު ބޭނުން އެއްޗެއް ލިޔުމުގެ ހައްޤު އެމީހަކަށް އެބައޮތް ކަމަށެވެ. އަދި ލިޔާއިރު، އެ ލިޔެވޭ ވާހަކައަކީ ދޮގެއްތޯ ނުވަތަ ތެދެއްތޯ ބެލުމެއް ނެތި ލިޔަމުންދާ ފަރާތްތައް ވެސް ގިނަކަމަށް ވިދާޅުވިއެވެ.

ބޭނުންވަރަކަށް ފާޑުކިޔެއެވެ. ވައްކަން ކުރާނަމަ އެވާހަކަތައް ދެއްކެއެވެ. ވެރިކަންކުރާގޮތަށްވެސް ބަސްބުނެއެވެ. ނުރަގަނޅު ކަންކަންވެސް ލިޔެވެއެވެ. ހީވެގެންވެސް އަދި ހަދަހަދައިގެންވެސް ލިޔެވެއެވެ. ދޮގެއްތޯ އަދި ތެދެއްތޯވެސް ޔަގީންނުކޮށް ލިޔެވެއެވެ. މައްސަލައެއް ނެތެވެ. އެއީ މިއަދު މީޑިއާގެ މިނިވަންކަން އޮތްހިސާބެވެ. އެހާވެސް ފުޅާކޮށް ދީފައިއޮތް ބާރެކެވެ. ތަންމިނަށް އޮތް ހައްގެކެވެ.

މަޙްލޫފް ވިދާޅުވިއެވެ.

ނަމަވެސް މައްސަލައަކީ މިކަމުގައި އެއްވެސް އިމެއް ނެތުންކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޒިނޭގެ ތުހުމަތު އަޅުވާ، ފިލްމުކުޅެ، އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާއަކަށާއި އެއްވެސް ނޫސްވެރިއަކަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

މީހަކު ބުނެގެންވިޔަސް، ޒިނޭގެ ތުހުމަތު އަޅުވާ، ފިލްމެއް ކުޅެ އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާއަކަށް އަދި ނޫސްވެރިއަކަށްވެސް ލިބިގެންވާ ހައްގެއްނޫނެވެ.

މަޚްލޫފް ވިދާޅުވިއެވެ.

އެހެންކަމުން ނޫސްވެރިކަމަކީ ޒިންމާދާރު މަސައްކަތެއްކަމުގައި ބަލައި، އެ މަސައްކަތް ކުރުމުގައި އަނެއްކާގެ ޙައްޤު ނުގެއްލޭ ގޮތަށް ލިޔުއްވުމަށް ވަނީ ބާރުއަޅުއްވާފައެވެ.

މި މަޢުޟޫގައި މަޚްލޫފް ލިޔުއްވާފައި މިވަނީ، "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް ހުތުރުވާގޮތަށް އާންމުކުރި، ދޮގު މަޢުލޫމާތު ހިމެނޭ ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ފަދަ ޢަމަލެއް ހިންގުން ކުށްވެރިކޮށް، އެކަމަށް ނުރުހުން ފާޅުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450