ޚަބަރު
މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 37 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
ކާރގޯ ޚިދުމަތް/ފޮޓޯ: މެންދުރު ޓީވީ
މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 37 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަނީ، ނިމިދިޔަ އޭޕްރީލް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް މުދާ ފޮނުވާފައިވާ ތަފާސްހިސާބުތައް ޢާންމުކޮށްފައެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އެޕްރީލް މަހު ރާއްޖެއިން 4 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 5 ޤައުމަކަށް ވަނީ މުދާ ފޮނުވާފައެވެ. މީގެ ތެރޭގައި، މުޅި ޖުމްލަ 37 ޓަނުގެ ކާގޯ ހިމެނޭއިރު، މިއީ ކޮންޓެއިނަރުގެ ޢަދަދަށް ބަލާނަމަ 8 ޓީއީޔޫސް ކަމަށް މޯލްޑިވްސް ޕޯޓްސް އިން މަޢުލޫމާތުދެއެވެ. މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 4 އެއަރލައިނަކުން މުދާ ފޮނުވިއިރު، އޭގެ ތެރޭގައި ހިމެނެނީ އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ލުފްތަންސާ، އަދި ގަތަރު އެއާވޭސްއެވެ.
📊 Monthly Statistics for Sea-to-Air Cargo Transshipment - April 2026#MaldivesPortsLimited #MPL #PortMV #SeaToAirCargo pic.twitter.com/WKB9UCSAXv
— Maldives Ports Limited (@Portmv) May 9, 2026
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ.
މި ޚިދުމަތް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.