Ads by Farudhun

ޚަބަރު

ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވައިފި

ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

15 މޭ 2026، 04:45

ވ. އަތޮޅުގައި އިއްޔެ ހިނގާދިޔަ ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި ހާދިސާގައި އިޓަލީވިލާތުގެ ރައްޔިތަކު މަރުވެ، އިތުރު ހަތަރު މީހަކު ވަނީ ގެއްލިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، މި ހާދިސާގެ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ. އަދި ފުރާނަ ގެއްލުނު ފަރާތުގެ ޢާއިލާއަށާއި، ގެއްލިފައިވާ ހަތަރު މީހުންގެ ޢާއިލާތަކުގެ އިތުރުން، މި ހިތާމަވެރި ހާދިސާގެ އަސަރު ފޯރާފައިވާ އެންމެހައި ފަރާތްތަކަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

މި ޙާދިސާގައި، ގެއްލިފައިވާ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާއިރު، ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އެމީހުން ފެނޭތޯ ހިންގަމުންދާ އޮޕަރޭޝަނަށްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހޯދުމުގެ އޮޕަރޭޝަނުގައި އިޓަލީ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމާއި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450