ދުނިޔެ

ޓްރަމްޕްގެ ދަތުރަށްފަހު ރަޝިއާގެ ރައީސް ޕޫޓިން ވެސް ޗައިނާއަށް

ޓްރަމްޕްގެ ދަތުރަށްފަހު ރަޝިއާގެ ރައީސް ޕޫޓިން ވެސް ޗައިނާއަށް

ޓްރަމްޕް އަދި ޕޫޓިން/ފޮޓޯ: އެންޕީއާރް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ދާދިފަހުން ކުރި ދަތުރަށްފަހު، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް އެ ޤައުމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަން އިޢުލާނުކޮށްފިއެވެ.

ރަޝިއާގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ރައީސް ޕޫޓިން ޗައިނާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ މެއި މަހުގެ 19 ވާ އަންގާރަ ދުވަހުއެވެ.

މި ދަތުރުގައި، ރަޝިއާގެ ރައީސް ޕޫޓިން ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ އެކު ތަފާތު އެކި ދާއިރާތަކުން މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިއާއިން ނެރުނު ރަސްމީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަފި ޕޫޓިން އާއި ޝީ "ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުހިންމު މައްސަލަތަކުގައި ޚިޔާލު ބަދަލުކޮށް" މަޝްވަރާތައް ނިމުމުން އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގްއާ އެކު އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވެސް މި ދަތުރުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރަޝިއާގެ ރައީސް ޕޫޓިންގެ މި ދަތުރު ރަސްމީކޮށް އިޢުލާންކޮށްފައި މިވަނީ، ގާތްގަނޑަކަށް 10 އަހަރު ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރި ފުރަތަމަ ދަތުރު ނިމުނުތާހެންނެވެ.

ބައިނަލްއަޤްވާމީ ރިޕޯޓްތައް ބުނާގޮތުގައި، ހަނގުރާމައިގެ މައިދާނުގައި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާއިރު، ޓްރަމްޕް ޗައިނާއަށް ދިޔައީ ވަރަށް މުހިންމު ސިޔާސީ މަޤްޞަދެއް ހާޞިލްކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450