Ads by Farudhun

ޚަބަރު

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުން ޑިއުޓީ ކަނޑާލައިފި

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުން ޑިއުޓީ ކަނޑާލައިފި

މަސްވެރިން ދޮށިއަޅައިގެން މަސް ބޭނުމުގައި / ފޮޓޯ: ގްރީން ޕީސް

farudhun logo

ފަރުދުން

20 މޭ 2026، 03:49

20 މޭ 2026، 03:49

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން ޑިއުޓީ ކަނޑާލަން ނިންމާފައިވާކަން އެ ޤައުމުގެ ސަރުކާރުން މިއަދު އިޢުލާންކޮށްފިއެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް އިމްޕޯޓުކުރާ ކަނޑުމަހުން ޑިއުޓީ ކަނޑާލަން ނިންމުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ހެޔޮ އަސަރުކުރާނެ މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

މީގެއިތުރުން، މިއީ އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ މިންވަރު އިތުރުކޮށް، މި ކަމުގެ ނަފާ މަސްވެރިންނަށް އިތުރުވެގެންދާނެ މުހިންމު ނިންމުމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



އިނގިރޭސި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުމަހުން ޑިއުޓީ ކަނޑާލުމުން އެ ޤައުމުގެ ބާޒާރުން މަސް ގަންނަން ލިބޭ އަގު ކުޑަކުރެވޭނެއެވެ. އެހެންކަމުން މިއީ އާންމު ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ލިބިގެންދާނެ ލުޔެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެ ޤައުމުގެ މި ނިންމުމާ ގުޅިގެން، ފްރީޒްކޮށްގެންނާއި، ޕްރޮސެސްކޮށްގެން، އެ ޤައުމުން ކަނޑައަޅާފައިވާ ކަނޑުމަހުގެ ބާވަތްތަކުގެ މަސް އެކްސްޕޯޓުކުރުމަށް ޑިއުޓީއެއް ނުނަގާނެއެވެ. އަދި މި ނިންމުން 31 ޑިސެންބަރު 2028ގެ ނިޔަލަށް ދެމިއޮންނާނެކަމަށް ވެސް އިނގިރޭސި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450