Ads by Farudhun

ޚަބަރު

އަންނަ އަހަރުވެސް ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދާނެ: ރައީސް

އަންނަ އަހަރުވެސް ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދާނެ: ރައީސް

ަރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ރައީސް އޮފީސް

21 މޭ 2026، 09:49

ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އަންނަ އަހަރުގެ ތެރޭގައިވެސް އިތުރު އައު މަޝްރޫޢުތައް ފެށިގެން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ އަސާސީ އެއް ޙައްޤު ކަމަށްވާއިރު، އެ ޙައްޤު ފުރިހަމައަށް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް އެކި ކުންފުނިތަކާ ހަވާލުކޮށްގެން މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ބީއެމްއެލް ފައިނޭންސްގެ އެހީގައި 13 ރަށެއްގައި 900 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފައެވެ. އަދި އެޗްޑީސީ މެދުވެރިކޮށް ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ރޭވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރަޙައްދުގައި ގާތްގަނޑަކަށް 4000 ފްލެޓް އެޅުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ ދަށުން 2000 ހައުސިން ޔުނިޓް އެޅުމަށް އިޢުލާންކުރުމުން އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ގުޅުންތަކުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން 4000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ހަމައެއާއެކު، ޗައިނާ ސަރުކާރުގެ އެހީގައި 500 ހައުސިން ޔުނިޓް އެޅުމަށް ނިންމާ، އެކަމުގެ އިދާރީ މަރުޙަލާގެ މަސައްކަތްތައް މިހާރު ބާރުލާފައި ކުރިއަށްދާކަންވެސް ރައީސް ހާމަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450