Ads by Farudhun

ޚަބަރު

އެންމެ މުހިންމު ތަރައްޤީއަކީ އިންސާނުން ބިނާކުރުމުގެ ތަރައްޤީ: ރައީސް މުޢިއްޒު

އެންމެ މުހިންމު ތަރައްޤީއަކީ އިންސާނުން ބިނާކުރުމުގެ ތަރައްޤީ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2026، 10:18

21 މޭ 2026، 10:18

ޤައުމަށް އެންމެ މުހިންމު ތަރައްްޤީއަކީ މީހުން ބިނާކުރުމުގެ ތަރައްޤީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުން ކުރިއަށް ގެންދާ ނެޝަނަލް ސާރވިސަސް ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީ އަކީ ހަމައެކަނި އިމާރާތްތަކެއް ނޫންކަމަށާއި، އެއަށްވުރެ މުހިންމު ތަރައްްޤީއަކީ އިންސާނުން ބިނާ ކުރުން ކަމަށެވެ. ޚާއްސަކޮށް ޒުވާނުން ބިނާކުރުމާއި، ހެޔޮލަފާ، ޤައުމުދެކެ ލޯބިވާ، އަދި ދީނަށް ހުރުމަތްތެރިކޮށް ހިތާ ހުނަރުވެރި ޒުވާނުން ބިނާކުރުމަކީ ހުރިހާ ތަރައްޤީއަކަށްވުރެ މާނަހުރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިކަމަށް އިސްކަން ދިނުމުގެ ގޮތުން މިހާރު އެ ޕްރޮގްރާމް ވަނީ ދިފަޢީ ވުޒާރާގެ މެންޑޭޓްގެ ތެރެއަށް ފައްތައި، އެ ވުޒާރާގެ ނަންވެސް ބަދަލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާތަނަށް 600 އެއްހާ ޒުވާނުން ތަމްރީނު ކުރެވިފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ފުރަތަމަ ބުރުގެ ގިނަ ޒުވާނުން މިހާރު ތިބީ ވަޒީފާގައި ކަމަށެވެ. އަދި ދެވަނަ ބެޗްގެ ކުދިންނަށްވެސް ސިފައިންނާއި، ފުލުހުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ޔުނިފޯމް ބޮޑީސްތަކުންނާއި އެހެނިހެން ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.

ހުނަރުވެރި، އަޚްލާޤް ރަނގަޅު، ދީންދެކެ ލޯބިވާ، ޗެލެންޖްތަކާ ކުރިމަތިލާން ކެރޭ ޒުވާނުން ބިނާކޮށްފައި އެ ޒުވާނުންނަށް މަގުވެސް އަޅުގަނޑުމެން ދައްކައިދިނިން. އޭގެ ސަބަބުން ޤައުމަށް ކުރާ ފައިދާ މާ ބޮޑުވާނެ، ރައީސް  

ޑރ މުޙައްމަދު މުޢިއްޒު

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 1000 އެއްހާ ކުދިން ތަމްރީނު ކުރުން ކަމަށާއި، އަންނަ އަހަރުވެސް އިތުރު 1000 ކުދިން ތަމްރީނު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަށާއި އާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 ރައީސް ވަނީ އެމްއެންޑީއެފާއި، މިކަމުގައި އެހީތެރިވާ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން، ސަރުކާރަށް އިތުބާރުކޮށް ދަރިން މި ޕްރޮގްރާމަށް ފޮނުއްވި މައިންބަފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450