Ads by Farudhun

ޚަބަރު

އުރުދުންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އުރުދުންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުައިއްޒު - ފޮޓޯ : ރައީސް އޮފީސް

25 މޭ 2026، 11:50

އުރުދުންގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ގައުމުގެ ރަސްގެފާނު ޢަބްދުﷲ ދެވަނައަށާއި ބޮޑުވަޒީރު ޖައުފަރު ޙައްސާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އުރުދުންގެ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ ވަނީ ރައްދުކުރައްވާފައެވެ. އަދި މި އުފާވެރި މުނާސަބަތަކީ އުރުދުންގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެ، އެ ގައުމަށް ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ ލިބިގެންދާނެ ދުވަހެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އޮތީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިވެރި ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، އެއްބާރުލުމާއި، ހުޅުވާލެވިފައިވާ މަޝްވަރާތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އުރުދުންގެ މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުން އެ ގައުމަށް މިނިވަންކަން ލިބުނު ދުވަހުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އަބަދުވެސް އޮންނަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެކަކު އަނެކަކަށް އެއްބާރުލުންދޭ، އެކުވެރި ގުޅުމެކެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އުރުދުންގެ މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުން އެ ގައުމަށް މިނިވަންކަން ލިބުނު ދުވަހުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އަބަދުވެސް އޮންނަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދޭ، އެކުވެރި ހެހާމެ ބަދަހި ގުޅުމެކެވެ.

އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ކުޑަ ގައުމެއް ބޮޑު ގައުމެއް ނުބަލާ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ ނާރާގެ ފަދަ ގޮތަކަށް ގުޅުން ބަދަހި ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450