ދުނިޔެ

33 އަހަރަށްފަހު އަރަފާތް ދުވަހު އިރު ކައުބަތުﷲ ގެފުޅާ ސީދާވަނީ !

33 އަހަރަށްފަހު އަރަފާތް ދުވަހު އިރު ކައުބަތުﷲ ގެފުޅާ ސީދާވަނީ !

މައްކާގެ ގެފުޅު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 11:59

25 މޭ 2026، 11:59

އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމުގައިވާ އަރަފާތް ދުވަހާ ދިމާކޮށް، މިއަހަރު އިރު ކައުބަތުﷲ ގެފުޅާ ސީދާވާކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ. މިއީ ކޮންމެ 33 އަހަރަކުން އެއްފަހަރު ފެންނަ ވަރަށް މަދު އިއްތިފާގެކެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މި ހާދިސާ ހިނގާނީ 2026 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. އެ ދުވަހުގެ މެންދުރުގެ ވަގުތުގައި އިރު ގެފުޅާ ސީދާވުމުން، މައްކާގައި ހުރި ތަންތަނުގެ ހިޔަނި އެ ވަގުތު އެއްކޮށް ކެނޑިގެންދާނެއެވެ.

އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް ދެ ފަހަރު އިރު ގެފުޅާ ސީދާވެއެވެ. އެއީ މައްކާ އޮންނަ ސަރަހައްދުގެ ސަބަބުންނެވެ. ނަމަވެސް، މި ހާދިސާ އަރަފާތް ދުވަހާ ދިމާވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައިވަނީ 1993 ވަނަ އަހަރުއެވެ. ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި މިއީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގެ ދުވަސްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ހަނދު މަސްތަކުގެ ސައިކަލް ފުރިހަމަވެ 33 އަހަރުން އެއްފަހަރު މެދުވެރިވާ ކަމެކެވެ.

ސައުދީ އަަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީން ބުނެފައިވާ ގޮތުގައި، މިއީ ގުދުރަތީ ފަލަކީ ހާދިސާއެކެވެ. އަދި މިކަމުގެ ސަބަބުން ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް އެ ސެންޓަރުން ބުނެއެވެ. މޫސުމަށް ބަދަލު އަންނަނީ ހަމައެކަނި އިރުގެ ދޯދިތައް ހުންނަ އޭންގަލުން ނޫން ކަމަށާއި، ވައިގެ ތެތްކަމާއި، ވިލާގެ މިންވަރާއި، ވައިގެ ބާރުމިނަށްވެސް ބަލަންޖެހޭނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޙުސައިން އަލް ގަޙްތާނީ ވިދާޅުވީ، މިފަދަ ހާދިސާތައް ކޮންމެ އަހަރުވެސް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ހޫނުމިން މައްޗަށްދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ސައިންޓިފިކް ހަގީގަތެއް ނޫން ކަމަށާއި، މޫސުމާ ބެހޭ މައުލޫމާތު ހޯދުމުގައި ރަސްމީ އިދާރާތަކަށް އިތުބާރު ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އެ ސެންޓަރުން ދަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި މިފަދަ ހުރިހާ ބަދަލުތަކެއް ވަރަށް ގާތުން ބަލަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450