ޚަބަރު
އެމްޕީއެލްގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަނީ
މާލޭ ވިޔަފާރި ބަނދަރު / ފޮޓޯ: އެމްޕީއެލް
ޢީދު ބަންދާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ޙައްޖު ދުވަހާ އަދި ޢީދު ދުވަހާ ގުޅިގެން މޭ 26 އަދި 27ގައި އެ ކުންފުނިން ދެމުންގެންދާ ހުރިހާ ޚިދުމަތެއް މެދުކަނޑާލާނެއެވެ.
އަދި މި ބަންދަށްފަހު އެ ކުންފުނީގެ ޚިދުމަތްތައް އަލުން ފަށާނީ 28 މޭ 2026ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30ގައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
📢 ދެންނެވުން 📢
— Maldives Ports Limited (@Portmv) May 25, 2026
1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހާއި، އަޟްޙާ ޢީދު ދުވަހާއި ގުޅޭ#MaldivesPortsLimited #MPL #PortMV pic.twitter.com/FttJ0F1GSx
އެމްޕީއެލްގެ ބެލުމުގެ ދަށުން ރާއްޖޭގެ 6 ބަނދަރެއް އެވެއެވެ. އެއީ މާލޭ ކޮމާޝަލް ހާބަރާއި، ހުޅުމާލެ ޓާރމިނަލް އާއި ކުޅުދުއްފުށި ޕޯޓް ލިމިޓެޑާއި ހިތަދޫ ޕޯޓު ލިމިޓެޑާއި، މާލެ ނޯތު ހާބަރު އަދި މާލެ ސައުތު ވެސްޓް ހާބަރެވެ. މީގެ ތެރެއިން މާލޭ ކޮމާޝަލް ހާބަރާއި، ކުޅުދުއްފުށި ޕޯޓް ލިމިޓެޑާއި އަދި ހިތަދޫ ޕޯޓު ލިމިޓެޑަކީ ބައިނަލްއަޤުވާމީ 3 ވިޔަފާރި ބަނދަރެވެ.