Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވަނީ އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް

ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވަނީ އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ : ރައީސް އޮފީސް

26 މޭ 2026، 07:42

އަޟްޙާ ޢީދުގެ ބަރަކާތްތެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކޮށް، ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. ޢީދުގެ ދުވަސްތަކަކީ މާތްﷲގެ މަތިން ހަނދުމަކޮށް، ދީނީ ބަހާއެއްގެ މަތީގައި އުފާފާޅުކުރަންޖެހޭ ދުވަސްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މީގެއިތުރުން، ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ ރީތި އާދައެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ދަތުރުތަކާއި ބައްދަލުވުންތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ އުޚުއްވަތްތެރިކަން އިތުރަށް ބަދަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މި ޢީދަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ އަމާންކަމާއި ހިތްހަމަޖެހުން އިޙްސާސްވާ، އަދި އެކަކު އަނެކަކާ އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ އުފާވެރި ޢީދަކަށްވުން އެދި ހެޔޮ ދުޢާ ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450