ދުނިޔެ

އޭއައި ބޭނުންކޮށްގެން ކޮރެޔާގެ އެކްޓަރެއްގެ އަބުރާބެހުނު ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އޭއައި ބޭނުންކޮށްގެން ކޮރެޔާގެ އެކްޓަރެއްގެ އަބުރާބެހުނު ޔޫޓިއުބަރަކު ހައްޔަރުކޮށްފި

ކިމް ސޫ-ހިޔުން ފޮޓޯ :ސީއެންއެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2026، 10:32

27 މޭ 2026، 10:32

ދެކުނު ކޮރެޔާގެ މަޝްހޫރު އެކްޓަރު ކިމް ސޫ-ހިޔުންއާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރައި، އޭނާގެ އަބުރު ކުޑަކުރި ކަމުގެ ތުހުމަތުގައި "ހޯވާ ލެބް" ކިޔާ ޔޫޓިއުބް ޗެނަލެއް ހިންގާ ކިމް ސޭ-އުއީ އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ، ހެކި ނައްތާލަފާނެ ކަމުގެ ނުވަތަ ފިލައިފާނެ ކަމުގެ ބިރު އޮތުމުންނެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، ކިމް ސޭ-އުއީ ވަނީ އާޓިފިޝަލް އިންޓެލިޖެންސް  ބޭނުންކޮށްގެން ހެކި އުފައްދައި، ކިމް ސޫ-ހިޔުން އާއި މަރުވެފައިވާ އެކްޓްރެސް ކިމް ސޭ-ރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް ދޮގު ވާހަކަތަކެއް ފަތުރާފައެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، ޔޫޓިއުބާ އާންމުކުރި އޯޑިއޯ ރެކޯޑިންގަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށާއި، ފޯނުން ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތަކަކީ ވެސް އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ ތަކެތި ކަމަށެވެ. މި ދޮގު ތުހުމަތުތަކުގެ ސަބަބުން، ކޮރެޔާގެ ގިނަ އިޝްތިހާރުތަކުންނާއި ޑްރާމާތަކުން ފެންނަ މަޝްހޫރު ތަރި ކިމް ސޫ-ހިޔުންގެ ކެރިއަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭނާ މިހާރު ވެސް ދަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ކިމް ސޫ-ހިޔުންގެ އެޖެންސީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގުން މިހާރު ހަގީގަތް ހާމަވެފައިވާ ކަމަށާއި، "ހޯވާ ލެބް" އިން ކުރި ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގުތަކެއްކަން ސާބިތުވެފައިވާ ކަމަށެވެ.

ނަމަވެސް، ކޯޓަށް ހާޒިރުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޔޫޓިއުބާ ކިމް ސޭ-އުއީ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާ ހައްޔަރުކުރަން އެދުނު ފުލުހުންނާއި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ އަހަރު އުމުރުން 24 އަހަރުގައި ކިމް ސޭ-ރޮން އަމިއްލައަށް މަރުވި ފަހުންނެވެ. މިކަމާ ގުޅިގެން ކިމް ސޫ-ހިޔުން އެންމެ ފަހުން އާންމުންގެ ކުރިމައްޗަށް ނުކުމެފައިވަނީ 2025 ވަނަ އަހަރުގެ މާޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ކިމް ސޭ-ރޮން އާއެކު ގުޅުމެއް އޮތް ކަމަށް އެއްބަސްވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450