ދުނިޔެ

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މެދުއިރުމަތީގައި ދެން އަމާންކަމެއް ނޯންނާނެ: މުޖުތަބާ ޚާމަނާއީ

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މެދުއިރުމަތީގައި ދެން އަމާންކަމެއް ނޯންނާނެ: މުޖުތަބާ ޚާމަނާއީ

އެމެރިކާގެ އަސްކަރީ އުޅަނދުތަކެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2026، 02:08

27 މޭ 2026، 02:08

މެދުއިރުމަތީގެ ގައުމުތަކަކީ ދެން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމާޔަތްކޮށްދޭނެ އައްޑަނައަކަށް ނުވާނެ ކަމަށާއި، އެ ސަރަހައްދުގައި ވޮޝިންޓަނަށް ދެން އަމާންކަމެއް ނޯންނާނެ ކަމަށް އީރާނުގެ ލީޑަރަކަށް ހުންނެވި މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

މުޖުތަބާ ޚާމަނާއީ މިހެން ވިދާޅުވީ މިއަހަރުގެ މަތިވެރި ހައްޖު ދުވަހާ ގުޅިގެން ދެއްވި ބަޔާނެއްގައެވެ. އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ވަނީ އިސްލާމީ ގައުމުތަކާއި ސަރަހައްދުގެ އެހެން ގައުމުތަކުން ގުޅިގެން މަސައްކަތްކޮށް، ދުނިޔޭގެ އާ ނިޒާމެއް ބިނާކުރުމަށް ގޮވާލައްވާފައެވެ.

އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ހުރިހާ އިސްލާމީ ގައުމުތަކަކަށާއި ސަރުކާރުތަކަށް، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި އެކުވެރިކަމާއި އެއްބާރުލުން ގާއިމުކުރުމަށް ދައުވަތު އަރުވަން،

      މުޖުތަބާ ޚާމަނާއީ 

މި ބަޔާން ނެރުއްވާފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުން އިސްނަގައިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައާ ގުޅިގެން އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ރައީސް ޓްރަމްޕް ވަނީ މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ. އަދި ދެ ފަރާތުގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް ކާމިޔާބުވެ، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ ވަނީ ވިދާޅުވެފައެވެ.

މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އަދި އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން ޚަލީޖުގެ ގައުމުތަކަށް ނުރައްކާ ކުރިމަތިވެ، ހޯރްމުޒް ކަނޑުއޮޅި ވެސް ވަނީ ވިޔަފާރި އުޅަނދުފަހަރަށް ބަންދުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450