ދުނިޔެ

ދުނިޔޭގެ އެންމެ އުސް އަލިފާން ފަރުބަދައަށް ސްކައިޑައިވްކޮށް ރެކޯޑް މުގުރާލައިފި

ދުނިޔޭގެ އެންމެ އުސް އަލިފާން ފަރުބަދައަށް ސްކައިޑައިވްކޮށް ރެކޯޑް މުގުރާލައިފި

ދުނިޔޭގެ އެންމެ އުސް އަލިފާން ފަރުބަދައަށް ސްކައިޑައިވްކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 02:05

29 މޭ 2026، 02:05

ދެކުނު އެމެރިކާގެ ޗިލީގައި ހުންނަ ދުނިޔޭގެ އެންމެ އުސް، ހަރަކާތްތެރި އަލިފާން ފަރުބަދައަށް ސްކައިޑައިވްކޮށް ތިރިކޮށްގެން ތައިލެންޑުގެ ރައްޔިތަކު ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އާދަޔާ ހިލާފު ކާމިޔާބީ ހޯދާފައިވަނީ އުމުރުން 48 އަހަރުގެ ތަނަބަވޯން ސިރިކުނަކޯންކުން ނަމަކަށް ކިޔާ މީހެކެވެ. "ސުޕަރ ޓޮމް" ގެ ނަމުން މަޝްހޫރުވެފައިވާ މި ކުޅިވަރުގެ ތަރި ތިރިކޮށްފައިވަނީ ކަނޑުގެ ސަތަހައަށްވުރެ 5،442 ފޫޓު އުސްމިނުގައި ހުންނަ "އޮޖޯސް ޑެލް ސަލާޑޯ" އަލިފާން ފަރުބަދައަށެވެ.

މިދިޔަ މާރިޗު މަހުގެ 14 ވަނަ ދުވަހު އޭނާ ކުރި މި ޖަމްޕާއެކު މުގުރާލާފައިވަނީ 2023 ވަނަ އަހަރު 5،317 ފޫޓު އުސް އަލިފާން ފަރުބަދައަކަށް ތިރިކޮށްގެން ހަދާފައިވާ ކުރީގެ ރެކޯޑެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ތަނަބަވޯންއަކީ ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއްގެ އިތުރުން ޔުނިވަރސިޓީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ސްކައިޑައިވް ކުރަން ފަށާފައިވަނީ 2024 ވަނަ އަހަރު ކަމަށްވީ ނަމަވެސް، މި ރެކޯޑު ގާއިމުކުރުމުގެ ކުރިން އޭނާ ވަނީ 1،250 އަށްވުރެ ގިނަ ސްކައިޑައިވް ފުރިހަމަކޮށްފައެވެ.

މި ކާމިޔާބީއަކީ ސްކައިޑައިވިންގްގެ ދާއިރާއިން މިހާތަނަށް ހޯދިފައިވާ ވަރަށް ތަފާތު އަދި ނުރައްކާތެރި ރެކޯޑެއްގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސްއިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450