Ads by Farudhun

ޚަބަރު

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާގެ ބައެއް އެޕްތައް މަނާކުރުމަށް ވަނީ ނިންމާފަ: ރައީސް

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާގެ ބައެއް އެޕްތައް މަނާކުރުމަށް ވަނީ ނިންމާފަ: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖޫން 2026، 11:49

01 ޖޫން 2026، 11:49

ރާއްޖޭގެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޒުވާން ޖީލުގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ސައިބަރ ބުލީން، އޮންލައިން ގްރޫމިންގ އަދި ނުރަނގަޅު ކޮންޓެންޓަށް އެކްސްޕޯސްވުން ފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. މި ނިންމުން ނިންމުމުގައި އޮސްޓްރޭލިއާއިން މިހާރު ގެންގުޅޭ މިންގަނޑުތަކަށް ރިޢާޔަތްކުރައްވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސޯޝަލް މީޑިއާ ކުންފުނިތަކާ މަޝްވަރާކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްތަކުގައި ކުރިއަށްދާނެއެވެ.

 "އަޅުގަނޑު އުންމީދުކުރަނީ ގިނަވެގެން އަހަރެއްހާ ދުވަސް، ނޫނީ އެއަށްވުރެ އަވަހަށްވެސް މިކަން ޢަމަލީގޮތުން އެންފޯސްކުރެވޭނެ ކަމަށް" ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ސިވިލް ސޮސައިޓީއާއި ކަމާގުޅޭ ޖަމިއްޔާތަކުގެ މަޝްވަރާއާއެކުގައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ފިޔަވަޅަކީ ޑިޖިޓަލައިޒޭޝަނަށް ހުރަސްއެޅުން ނޫން ކަމަށާއި، ރާއްޖެއަކީ އޭއައި ޑްރިވަން، ޑިޖިޓަލް ސޮސައިޓީއަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށާއި، އިންޓަރނެޓް މެދުވެރިކޮށް މަޢުލޫމާތާއި ތަޢުލީމު ހޯދުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަށް މި ނިޒާމު ބައްޓަންކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ނިންމުމަކީ ދުންފަތާއި ވޭޕް މަނާކުރުމަށް ސަރުކާރުން ފަށާފައިވާ 'ޖެނެރޭޝަނަލް ބޭން' ސިޔާސަތުގެ ތެރެއިން، ދުޅަހެޔޮ އަދި ރައްކާތެރި ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450