Ads by Farudhun

ޚަބަރު

ރައީސްގެ އަމިއްލަފުޅު އެއްވެސް ދަތުރެއްގައި ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރައްވާ: މިނިސްޓަރު އިޤްބާލް

ރައީސްގެ އަމިއްލަފުޅު އެއްވެސް ދަތުރެއްގައި ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރައްވާ: މިނިސްޓަރު އިޤްބާލް

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލެސް އިޤްބާލް އާދަމް. ފޮޓޯ: އެކްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2026، 09:32

02 ޖޫން 2026، 09:32

ހުލާސާ


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވާ އަމިއްލަފުޅު ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރައްވާ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލެސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އިޤްބާލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ދަތުރުފުޅުތަކާ ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ޚަބަރުތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ އެއްވެސް ބޭފުޅަކު އަމިއްލަފުޅު ޙައިސިއްޔަތުން މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެ،" އިޤްބާލް ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓާލުމަށްވެސް މިނިސްޓަރ އިޤްބާލް ވަނީ އިލްތިމާސް ކުރައްވާފައެވެ. ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކުގެ ޚަރަދުތަކާ ގުޅޭގޮތުން ސަރުކާރުން މިކަން ސާފުކޮށްދީފައި މިވަނީ، އެމަނިކުފާނުގެ ދަތުރުފުޅުތަކަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450