ދުނިޔެ

"ތިއީ ޝުކުރުވެރިވާން ނޭގޭ ބޮޑު މޮޔައެއް" ޓްރަމްޕް ނަތަންޔާހޫ އަށް

"ތިއީ ޝުކުރުވެރިވާން ނޭގޭ ބޮޑު މޮޔައެއް" ޓްރަމްޕް ނަތަންޔާހޫ އަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނަތަންޔާހޫ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2026، 09:47

02 ޖޫން 2026، 09:47

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ކުރެވުނު ފޯނު ކޯލެއްގައި، ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، ހަރުކަށި ބަސްތަކެއް ބޭނުންކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކަށެވެ. މީގެ އިތުރުން، އީރާނާ ގުޅުންހުރި ސަރަޙައްދީ ނުތަނަވަސްކަމާއި، ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.
އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހޫނު މަޝްވަރާގެ ތެރޭގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ "މޮޔައެއް"  އަދި " ޝުކުރުވެރިވާން ނުދަންނަ"  މީހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޓްރަމްޕް ކޯފާވީ ލުބުނާނަށް އިސްރާއީލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ.

ބެއިރޫތުގެ މަސްރަޙް އިތުރަށް ގޯސްނުކުރުމަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި އިސްރާއީލު އެކަހެރިވެ، އެ ގައުމުގެ މަގާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި އިސްރާއީލުން ދޭ ހަމަލާތަކުގައި އާންމުން މަރުވަމުންދާ ދިއުމާއި، އާންމުން ދިރިއުޅޭ އިމާރާތްތައް ސުންނާފަތިވަމުންދާތީ ޓްރަމްޕް ވަނީ ބޮޑުތަނުން ފާޑުވިދާޅުވެފައެވެ.

މި މަޝްވަރާ އިތުރަށް ހޫނުވީ އީރާނުން ދީފައިވާ އިންޒާރަކާ ގުޅިގެންނެވެ. އީރާނުން ބުނެފައިވަނީ އިސްރާއީލުން ލުބުނާނުގައި ހިންގާ އޮޕަރޭޝަންތައް ހުއްޓާނުލައިފިނަމަ، އެމެރިކާއާ އެކު ކުރިއަށްދާ ނުސީދާ މަޝްވަރާތައް މެދުކަނޑާލާނެ ކަމަށެވެ. މީގެ ސަބަބުން އެމެރިކާއިން ސަރަޙައްދީ ހަމަޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިސްރާއީލުގެ އަސްކަރީ ރައްދު މިހާރު ހައްދުފަހަނަޅާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވައެވެ. މި ކޯލުގައި ޓްރަމްޕް ވަނީ މީގެ ކުރިން ނަތަންޔާހޫއަށް ކުރިމަތިވި ޤާނޫނީ އަދި ސިޔާސީ ގޮންޖެހުންތަކުގައި އޭނާ ދިން އެހީތެރިކަންވެސް ހަނދާންކޮށްދެއްވާފައެވެ.

މިފަދަ ހަރުކަށި ބަސްތަކެއް ޓްރަމްޕް އަމާޒުކުރެއްވި ނަމަވެސް، ނަތަންޔާހޫ ހުންނެވީ ވަރަށް މަޑުމައިތިރިކޮށް ކަމަށާއި، އޭނާ ދެއްވީ ވަރަށް ކުރު ޖަވާބުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ޓްރަމްޕް ދެވަނަ ފަހަރަށް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ދެ ބޭފުޅުންގެ މެދުގައި ހިނގި އެންމެ ހޫނު މަޝްވަރާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450