Ads by Farudhun

ޚަބަރު

އެކުވެރި ދަޢުލަތްތަކުގެ އާއްމު މަޖިލީހުގެ އާ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

އެކުވެރި ދަޢުލަތްތަކުގެ އާއްމު މަޖިލީހުގެ އާ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

އ.ދ.ގެ އާއްމު މަޖިލީހުގެ އާ ރައީސަކަށް އިންތިޚާބުވި ޚަލީލުއް ރަޙްމާން---

farudhun logo

ފަރުދުން

02 ޖޫން 2026، 08:42

02 ޖޫން 2026، 08:42

އެކުވެރި ދަޢުލަތްތަކުގެ އާއްމު މަޖިލީހުގެ އާ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

އެ މަޖިލީހުގެ 81ވަނަ ދައުރުގެ އައު ރައީސަކަށް އިންތިޚާބުވެފައި ވަނީ ބަނގުލަދޭޝްގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޑރ. ޚަލީލުއް ރަޙްމާންއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ޑރ. ޚަލީލުއް ރަޙްމާންގެ ލީޑަރޝިޕްގެ ދަށުން އ.ދ.ގެ މެންބަރު ޤައުމުތަކުގެ ޙައްޤުގައި މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ. 



އ.ދ.ގެ އާއްމު މަޖިލީހުގެ އައު ރައީސަކަށް ޑރ. ޚަލީލުއް ރަޙްމާން އިންތިޚާބުކުރީ މިއަދުއެވެ. އަދި އެ މަނިކުފާނުގެ ދައުރު ފެށޭނީ މިއަންނަ ސެޕްޓެންބަރު މަހުއެވެ.

އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ދައުރަކީ އެއް އަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450