Ads by Farudhun

ޚަބަރު

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ދެވަނަ ބެޗްގެ ބައިވެރިން ކިހާދޫއަށް ފުރައިފި

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ދެވަނަ ބެޗްގެ ބައިވެރިން ކިހާދޫއަށް ފުރައިފި

ވަޠަނީ ޚިދުމަތުގެ ބައިވެރިން ފުރުން. ފޮޓޯ: އެކްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2026، 01:48

03 ޖޫން 2026، 01:48

ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން މިއަދު ބ. ކިހާދޫއަށް ފުރައިފިކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ އެކްސްގައިކުރެއްވެވި ޕޯސްޓެއްގައެވެ. 

ރައީސް ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. 

މި ބައިވެރިން ތަމްރީނު ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ގައެވެ. 

ރައީސް ވިދާޅުވީ މި ފަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ޖުމްލަ 77 ޒުވާނުން ބައިވެރިވެއެވެ. މި ބައިވެރިންނަކީ އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މި ތަމްރީނުގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު މި ޒުވާނުންނަށް ލިބިގެންދާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމަށް ބޭނުންތެރި، އަޚްލާޤު ރަނގަޅު އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ތަމްރީނުތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާވެ، އަމަލީ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްޤީވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450