Ads by Farudhun

ޚަބަރު

ފިޗުން ރޭޓް މަތިކުރުމުން ދޭހަވީ ކުރީގެ ތިން ރައީސުން ހެއްދެވީ އިތުރުފުޅުކަން: ޝުޖާ

ފިޗުން ރޭޓް މަތިކުރުމުން ދޭހަވީ ކުރީގެ ތިން ރައީސުން ހެއްދެވީ އިތުރުފުޅުކަން: ޝުޖާ

ބާރަށު ދާއިރާގެ މެމްބަރ އިބްރާހިމް ޝުޖާއު. ފޮޓޯ: ޕީއެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2026، 10:28

04 ޖޫން 2026، 10:28

 ރާއްޖޭގެ ރޭޓިންގ ފިޗުން މަތިކުރުމުން ދޭހަވަނީ ކުރީގެ ރައީސުން ކަމަށްވާ ރައީސް ޔާމީން، ރައީސް ޞާލިޙް އަދި ރައީސް ނަޝީދު މި ސަރުކާރުގެ މާލީ ސިޔާސަތާ ގުޅުވައިގެން ރައްޔިތުންނަށް ދެއްވަމުން ގެންދެވީ ހަޤީޤަތާ ހިލާފު ދޮގު މަޢުލޫމާތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވީ ސަރުކާރުން ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައިވަނިކޮށް ފިޗުން ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ' އަށް މަތިކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ސިޔާސަތުގެ ހަރުދަނާކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. ޝުޖާ ވަނީ މި ކާމިޔާބީއަށްޓަކައި ރައީސް މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ.

ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސް ހާލަތާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުވެ، ކުރިއަރައިގެންދާނެއެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމާއެކު އާ ރިޒޯޓުތައް ތަރައްޤީ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމެންޓުތައް މަތިވުމެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން ގުޅިފައި ވަނީ މަތީ ފަންތީގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުންތަކާ ކަމަށް ފިޗުން ފާހަގަކުރެއެވެ. މާލީ ވަޒީރު ވިދާޅުވީ މި އަންދާޒާތަކުން ދޭހަވަނީ ރާއްޖޭގެ އިޤުތިޞާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަން ކަމަށެވެ.

ދަރަނި އަދާކުރުމާއި މާލީ އިޞްލާޙުތައް
ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ހިމެނޭހެން، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައެވެ. މާލީ ވަޒީރު ހާމަކުރެއްވި ގޮތުގައި މި ދަރަނިތައް ދައްކާ ޚަލާސްކުރެވުނީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމަށް މި ސަރުކާރުން ގެނައި ހަރުދަނާ އިސްލާހުތަކުގެ ސަބަބުންނެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރުވެރިކަން އޮތް ނަމަވެސް، ސަރުކާރުން ގެނައި ސްޓްރެޓީޖިކް ބަދަލުތަކާއެކު މިހާރު ވަނީ ދައުލަތުގެ ދަރަނީގެ ބޮޑު މިންވަރެއް ދައްކާ ޚަލާސްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤުވާމީ ލޮޅުންތަކުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކޮށް، މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450