Ads by Farudhun

ޚަބަރު

ފިޗްގެ ރޭޓިން މަތިވުމަކީ ރައީސްގެ ހަރުދަނާ އިޤުތިޞާދީ ސިޔާސަތަށް ލިބުނު ބޮޑު ކާމިޔާބީއެއް: ވަޒީރު ސަޢީދު

ފިޗްގެ ރޭޓިން މަތިވުމަކީ ރައީސްގެ ހަރުދަނާ އިޤުތިޞާދީ ސިޔާސަތަށް ލިބުނު ބޮޑު ކާމިޔާބީއެއް: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2026، 10:28

04 ޖޫން 2026، 10:28

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އަދި ޒިންމާދާރު ލީޑަރޝިޕަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ފިޗުން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ' އަށް މަތިކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ފިޗްގެ މި ނިންމުމަކީ ރާއްޖޭގެ އިޤުތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެންދިޔަ ކަމެއްގެ ވަރުގަދަ ނިޝާނެއް ކަމަށެވެ. އަދި މިއީ ވަރަށް ގޮންޖެހުން ބޮޑު ދަނޑިވަޅެއްގައި ރައީސް މުޢިއްޒު ދެއްކެވި ސާބިތުކަމާއި، މާލީ އިޞްލާޙުތައް ކުރިއަށް ގެންދިއުމުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ޕޯސްޓުގައި ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވާރުތަވި ދެމެހެއްޓެނިވި ނޫން ބޮޑު ދަރަންޏާއި، މާލީ ގޮންޖެހުންތަކާ ކުރިމަތިލެއްވުމުގައި ރައީސް ގެންގުޅުއްވި ކެތްތެރިކަމާއި އަޒުމަށް ތައުރީފު ކުރައްވާފައެވެ. ޚާއްޞަކޮށް، 2023 ނޮވެމްބަރުގެ ކުރިން އޮތް ދަރަނީގެ ބުރަ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ބަލައިގަތުމަކީ މުހިންމު ކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ހިމެނޭހެން ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާ ޚަލާސްކޮށްފައެވެ. މާލީ ވަޒީރު ވެސް ވަނީ މިއީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެނައި އިޞްލާޙުތަކުގެ ސަބަބުން ހާސިލުކުރެވުނު ކަމެއްކަން ހާމަކުރައްވާފައެވެ.

ފިޗްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގެ ނުތަނަވަސްކަމާއެކުވެސް ރާއްޖޭގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ބެލެވެނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރެވޭ އިންވެސްޓްމެންޓުތަކާއި އިންފްރާސްޓްރަކްޗަރަށް ގެނެވޭ ބަދަލުތަކުގެ ސަބަބުންނެވެ. މި ކުރިއެރުމަކީ ރާއްޖޭގެ އިޤުތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ބާރެއް ކަމަށް ސަރުކާރުން ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450