Ads by Farudhun

ޚަބަރު

ޒިންމާއެއްގެ ގޮތުގައި ދެކި ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރެއްވުމަށް ރައީސްގެ އިލްތިމާސެއް

ޒިންމާއެއްގެ ގޮތުގައި ދެކި ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރެއްވުމަށް ރައީސްގެ އިލްތިމާސެއް

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ދުވާފަރުގައި ރައީސް ގަސް އިންދެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

05 ޖޫން 2026، 08:13

05 ޖޫން 2026، 08:13

އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން، ސަރުކާރުގެ ޚަބަރުތަކާއި މަޢުލޫމާތު ގެނެސްދިނުމަށް މީސްމީޑިޔާ މަންސަތަކުގައި ޤާއިމުކޮށްފައިވާ "ދަ ފީޑް އެމްވީ" މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ވަނީ، ދިވެހި ހުރިހާ ރައްޔިތުން، އޭގެ ތެރޭގައި ޒުވާނުންނާއި، ކުޑަކުދިންނާއި ޢާއިލާތައް ހިމެނޭހެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ޒުވާނުންނަށް، ކުޑަކުދިންނަށް، ޢާއިލާތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރަމާ ހިނގާށޭ."

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ކޮންމެ ބޭފުޅަކު ވެސް ބައިވެރިވެ، މި އަހަރުގެ ތެރޭގައި ގަސް އިންދުމުގެ ޙާއްޞަ މަސައްކަތް ކުރިޔަށް ގެންދެވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ މަސައްކަތްތަކެއް  ފައްޓަވާފައެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ވެސް އޭގެ ތެރެއިން ބޮޑު އެއް މަސައްކަތެވެ. މި ޕްރޮގްރާމް އިޢުލާންކޮށްފައި ވަނީ ކޮޕް-26 ސަމިޓުގައެވެ. މީގެއިތުރުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތެރެއިން 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ހަކަތައަށް ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، ރަށްރަށުގައި ހަރުދަނާ ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ ނިޒާމުތައް ޤާއިމުކުރެއްވުމަކީ އެ މަނިކުފާނު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ބައެއް ކަންކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450