ދުނިޔެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބިންހެލުމުގެ ސަބަބުން އިމާރާތެއް ވެއްޓިފައި ފޮޓޯ: ބީބީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 09:42

08 ޖޫން 2026، 09:42

ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން ތިން މީހުން މަރުވެ، ފަސް މީހަކު ޒަޚަމްވެއްޖެއެވެ.

ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ އެގައުމުގެ ގަޑިން މިއަދު ހެނދުނު 07:37 ގައެވެ. ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީސްމޮލޮޖީން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ އަދި ޖަޕާނުން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، މިހާރު ވަނީ ގިނަ ސަރަހައްދުތަކުން އެ އިންޒާރުތައް އުވާލާފައެވެ. ފިލިޕީންސްގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި 37 އިމާރާތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މީގެ ތެރޭގައި ގިނައީ ވިޔަފާރިކުރާ މަރުކަޒުތަކެވެ.

މި ބިންހެލުމަށްފަހު މިއަދު ހެނދުނު 11:00 އާ ހަމައަށް 138 ލޮޅުން (އެފްޓަރޝޮކްސް) އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މި ލޮޅުންތަކުގެ ބާރުމިން ހުރީ 1.3 އާއި 6.7 އާ ދެމެދުގައެވެ.

ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން މި ހާދިސާއާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދެއްވާފައެވެ. އަދި އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުސް ސަރަހައްދުތަކަށް ބަދަލުވުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450