Ads by Farudhun

ޚަބަރު

ފްރާންސްގެ ނޮން-ރެސިޑެންޓް ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފްރާންސްގެ ނޮން-ރެސިޑެންޓް ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފްރާންސްގެ ނޮން-ރެސިޑެންޓް ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2026، 12:25

09 ޖޫން 2026، 12:25

ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ރެމީ ލަމްބަރޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތުރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ، އެމް.އެން.ޑީ.އެފްގެ ޑްރަމް އެންޑް ޓްރަމްޕެޓް ބޭންޑާއެކު، ސަގާފީ ހައިކޮޅެއްގައި ވަރަށް ކުލަގަދަ އިސްތިقبالަކާއެކުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުގެ ފަތުރު ގަބޫލުފުޅު ކުރައްވައި، ފްރާންސްގެ އާ ސަފީރުގެ ގޮތުގައި ރެމީ ލަމްބަރޓްއަށް މަރުޙަބާ ވިދާޅުވެފައެވެ.

ފަތުރު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ފަތުރުވެރިކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، ތިމާވެށި ހިމާޔަތްކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ފްރާންސާ ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ގާއިމުކޮށްފައިވަނީ 20 މޭ 1969 ގައެވެ. މިއަދުގެ ބައްދަލުވުމަކީ މި ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެ ގައުމުންވެސް ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450