ކުޅިވަރު / ދުނިޔެ

ވޯލްޑް ކަޕްގައި އަލަށް ކުޅޭ ކުޅުންތެރިންނަށް ޚާއްޞަ "ޑެބިއު ޕެޗް" ފީފާއިން ތަޢާރަފްކޮށްފި

ވޯލްޑް ކަޕްގައި އަލަށް ކުޅޭ ކުޅުންތެރިންނަށް ޚާއްޞަ "ޑެބިއު ޕެޗް" ފީފާއިން ތަޢާރަފްކޮށްފި

ޑެބިއު ޕެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ޖޫން 2026، 10:59

11 ޖޫން 2026، 10:59

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތާރީޚީ ބަދަލެއް ގެނެސް، "ޑެބިއު ޕެޗް" ތަޢާރަފްކޮށްފިއެވެ.

ޑެބިއު ޕެޗަކީ ވޯލްޑް ކަޕްގައި އަލަށް ކުޅޭ ކުޅުންތެރިން، އެ ކުޅުންތެރިއެއްގެ ފުރަތަމަ މެޗުގައި ނުވަތަ މުޅި މުބާރާތުގައި ކުޅޭއިރު ޖާޒީގައި ހަރުކުރާނެ ޚާއްޞަ ކުޑަ ސްޓިކާއެކެވެ. މިއީ މީގެކުރިން އެމެރިކާގެ މަޝްހޫރު ބައެއް މުބާރާތްތަކުގައި ބޭނުންކުރަމުން އައި އުސޫލެކެވެ. އެގޮތުން އެމެރިކާގެ އެންބީއޭ އާއި މޭޖާ ސޮކާ ލީގު (އެމްއެލްއެސް) ގައި މިފަދަ ޕެޗްތައް ބޭނުންކުރެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މި ޚާއްޞަ ސްޓިކާ ޖަހައިގެން ކުޅޭނެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ސްޕޭނުގެ ޒުވާން ތަރި ލަމީން ޔަމާލާއި، ނޯވޭގެ އިތުބާރު ފޯވަޑް އާލިން ހާލަންޑްގެ އިތުރުން މިޝޭލް އޮލީސޭ ހިމެނެއެވެ.

މި މަޝްރޫޢަކީ ފީފާ އާއި ވިޔަފާރި ކުންފުންޏެއް ކަމަށްވާ "ފެނާޓިސް" އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ފެނާޓިސް އަކީ 2031 ވަނަ އަހަރުން ފެށިގެން، ފީފާގެ މިހާރުގެ ސްޓިކާ ޕާޓްނަރު "ޕަނީނީ" ގެ ބަދަލުގައި އެ ދައުރު އަދާކުރަން ހޮވާފައިވާ ކުންފުންޏެވެ. މި އެއްބަސްވުމުގެ ދަށުން ސްޓިކާގެ އިތުރުން ކުޅުންތެރިންގެ ފޮޓޯ ޖެހި ވިޔަފާރި ކާޑު (ޓްރޭޑިންގ ކާޑު) ވެސް އުފައްދާނެއެވެ.

ފީފާގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ޑެބިއު ޕެޗް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ މުބާރާތުގައި އަލަށް ކުޅޭ ކުޅުންތެރިންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި، އެ ތާރީޚީ ވަގުތު ފާހަގަކޮށް ކުރިމަގަށްޓަކައި ރައްކާކުރުމެވެ.

މި ބަދަލަކީ ވޯލްޑް ކަޕް މުބާރާތުން ލިބޭ އާމްދަނީ އިތުރުކުރުމަށް ފީފާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450