ދުނިޔެ

އުފަންދުވަހުގެ ހަދިޔާއަކަށް އެދެނީ މުޅި ދުނިޔެއަށް އަމާންކަން ލިބުން: ޓްރަމްޕް

އުފަންދުވަހުގެ ހަދިޔާއަކަށް އެދެނީ މުޅި ދުނިޔެއަށް އަމާންކަން ލިބުން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖޫން 2026، 11:41

12 ޖޫން 2026، 11:41

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80 ވަނަ އުފަންދުވަހުގެ ހެޔޮ އެދުމަކީ މުޅި ދުނިޔެއަށް ސުލްހަ މަސަލަސްކަން ލިބުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

މި މަހުގެ 14 ވަނަ ދުވަހު 80 އަހަރު ފުރޭ ޓްރަމްޕް މިހެން ވިދާޅުވީ ޖޫން 10 ވީ ހޯމަ ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެދުއިރުމަތީގެ ސުލްހަ ފިޔަވައި އުފަންދުވަހުގެ އެދުމަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އޭނާ އެދެނީ މުޅި ދުނިޔެއަށް ސުލްހަ ލިބުމަށްކަމަށެވެ.

"މުޅި ދުނިޔެއަށް އަމާންކަން،" ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ. "މެދުއިރުމަތި؟ އާދެ، މުޅި ދުނިޔެއަށް ސުލްހަ."

ދުނިޔެއަށް ސުލްހައަށް އެދިވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ހަމަ އެ ބައްދަލުވުމުގައި އޭނާ ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. އީރާނުން ހުއްޓުމެއްނެތި ދައްކަމުންދާ އުދުވާނީ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާއިން މިހާރުވެސް ދަނީ އީރާނަށް ހަމަލާތައް އަމާޒުކުރަމުންނެވެ.

ފޮކްސް ނިއުސްގެ ރިޕޯޓަރުން ބުނާ ގޮތުގައި، އީރާނުން އެއްބަސްވުމެއްގައި ސޮއިނުކޮށްފިނަމަ އެ ގައުމު "ފުނޑުފުނޑުކޮށްލާނެ" ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. މިގޮތުން އެމެރިކާއިން މިހާތަނަށް 49 "ޓޯމަހޯކް" މިސައިލް އީރާނަށް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ބައެއް މިސައިލްތައް އީރާނުގެ ވެރިރަށް ތެހެރާނާ އެންމެ 40 މޭލު ގާތަށް އަމާޒުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

"އަޅުގަނޑުމެން އިއްޔެވެސް އެމީހުންނަށް ވަރުގަދަ ހަމަލާތަކެއް ދިނިން، އަދި މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމާ ވަރަށް ގާތްވި ނަމަވެސް، އެ ގައުމުން އެމެރިކާއަށް އޮޅުވާލައި، ކަންކަން ދިގުދަންމަމުންދާ ކަމަށެވެ. އެހެންކަމުން، އެއްބަސްވުމަކާ މެދު ކަންތައް ވާގޮތް ބައްލަވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450