ދުނިޔެ

އުމަރުގެފާނުގެ ނަންފުޅު ހިމެނޭ އާސާރީ ލިޔުމެއް ލިއެފައިވާ ހިލައެއް ފެނިއްޖެ

އުމަރުގެފާނުގެ ނަންފުޅު ހިމެނޭ އާސާރީ ލިޔުމެއް ލިއެފައިވާ ހިލައެއް ފެނިއްޖެ

އުމަރުގެފާނުގެ ނަންފުޅު ހިމެނޭ އާސާރީ ލިޔުމެއް ލިއެފައިވާ ހިލައެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖޫން 2026، 03:01

12 ޖޫން 2026، 03:01

ސައުދީ އަރަބިއްޔާގެ މަދީނާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އާސާރީ ދިރާސާތަކެއްގެ ތެރެއިން، އިސްލާމްދީނުގެ ދެވަނަ ޚަލީފާ އުމަރުގެފާނުގެ ނަންފުޅު ހިމެނޭ ހިލައިގެ ލިޔުމެއް ފެނިއްޖެ ކަމަށް އެ ގައުމުގެ ހެރިޓޭޖް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.

ސައުދީ ހެރިޓޭޖް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، މި އާސާރީ ލިޔުން ފެނިފައިވަނީ އަލް މަހްދު ގަވަރްނަރޭޓްގައި ކުރިއަށްގެންދިޔަ ފުޅާ ދާއިރާއެއްގެ ސަރވޭގެ ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ތެރެއިންނެވެ. މި ސަރވޭގައި ޖުމްލަ 1,774 އާސާރީ ހޯދުމެއް ވަނީ ފެނިފައެވެ.

ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރަޙައްދުން ކުރިން ނޭނގޭ 173 އާސާރީ ސައިޓެއް ވަނީ އަލަށް ހޯދައި، ލިޔެކިޔުންތަކުން ރެކޯޑުކުރެވިފައެވެ. މި ހޯދުންތަކުގެ ތެރޭގައި އުމަރުގެފާނުގެ ނަންފުޅު ހިމެނޭ 173 ހިލައިގެ ކުރެހުމާއި، އިހުގެ އަރަބި ޅެންތައް ހިމެނޭ ލިޔުންތައް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މި ދިރާސާގެ ތެރެއިން 1,259 ރޮކް އާޓް ކުރެހުމާއި، 461 އިސްލާމީ ލިޔުންތަކާއި، ޘަމޫދު ބަހުން ހުރި 34 ލިޔުމެއް ވަނީ ފެނިފައެވެ. އަދި 11 ހިލައިގެ ބިނާއާއި، ތިން ގަނޑުވަރާއި، ދަތުރުވެރިން ބޭނުންކުރި މަގުތަކުގެ ދެ ނިޝާނެއްގެ އިތުރުން ހަތަރު ވަޅު ވެސް ވަނީ ފެނިފައެވެ.

އުމަރުގެފާނަކީ ކީރިތި ރަސޫލާ ﷺ ގެ އެންމެ ގާތް އެއް އަސްޙާބު ބޭކަލެވެ. އެކަލޭގެފާނު ވަނީ މީލާދީން 634 އިން 644 އަށް އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާގެ ގޮތުގައި ކަންކަން ބަލަހައްޓަވައި، އިސްލާމީ ދައުލަތް ފުޅާކުރެއްވުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ހެރިޓޭޖް ކޮމިޝަނުން ސިފަކުރި ގޮތުގައި، މި ހޯދުމަކީ ސައުދީ އަރަބިއްޔާގެ ކުރީގެ އިސްލާމީ ތާރީޚާއި އާސާރީ ތަރުކާގެ މުއްސަނދިކަން އިތުރަށް ހާމަކޮށްދޭ މުހިންމު ހޯދުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450