Ads by Farudhun

ޚަބަރު

ތައިލޭންޑުގެ ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ މަރުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ތައިލޭންޑުގެ ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ މަރުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ތައިލޭންޑުގެ ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ. ފޮޓޯ: ތައި ބީޕީއެސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2026، 09:55

12 ޖޫން 2026، 09:55

ތައިލޭންޑުގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ހަރ ރޯޔަލް ހައިނަސް ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ މަރުވުމާ ގުޅިގެން، ތައިލެންޑުގެ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގ މަހާ ވަޖިރަލޮންގކޯން ފްރަ ވަޖިރަކްލައޯޗައޯޔޫހުއާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޕްރިންސަސް ބަޖްރަކިތިޔާބާ މަރުވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަމަނާގެ ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި، ޤާނޫނީ ވެރިކަމާއި، ޝަރުޢީ ދާއިރާ އިސްލާހު ކުރެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާއެއްކަމަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެކަމަނާގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތައިލޭންޑަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450