ޚަބަރު
ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ޒުވާނުން ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފި
ދަސްވެނިވި ޒުވާނުން- ފޮޓޯ: ރައީސް ޑރ މުހަމއްދުމު މުއިއްޒު އެކސް ޕޯސްޓް
ސަރުކާރުން އަލަށް ތަޢާރަފުކުރި "ދިވެހި ވަޠަނީ ޚިދުމަތް" (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ އިނީޝަލް ތަމްރީނުތަކަށްފަހު، ސިފައިންގެ ޚިދުމަތާ ގުޅުނު ފުރަތަމަ ބެޗުގެ ޒުވާނުން 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. މިއީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތުގެ ދަށުން ހޯދުނު ބޮޑު ކުރިއެރުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ގެ އެންމެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން… pic.twitter.com/DySzqre049
— Dr Mohamed Muizzu (@MMuizzu) June 13, 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކަށްފަހު އެކިއެކި ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ހުޅުވާލުމުން، އޭގެ ތެރެއިން ސިފައިންގެ ޚިދުމަތް އިޚްތިޔާރުކުރި މި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙަބާ އާއި އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ. ޚާއްޞަކޮށް ކޯހުން އެކި ވަނަތައް ހާސިލްކުރި ދަރިވަރުންގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޤައުމީ ޚިދުމަތަށް އަބަދުވެސް ތައްޔާރަށް ތިބޭނެ ޒުވާނުންތަކެއް މި ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރުމެވެ. މި ތަމްރީނު ނިންމި ޒުވާނުންނަކީ ދިވެހި ސިފައިންގެ ސަފުތަކާ ގުޅި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާނެ ގާބިލު ބަޔަކަށް ވެގެންދާނެއެވެ.